ޙައްޖާއި ޢުމްރާ


هَدْىُ ކަތިލުން

ކަތިލަންޖެހޭތަން: هَدْىُގެ ގޮތުގައި ކަތިލަންޖެހޭއެއްޗެއް ކަތިލަންވާނީ منىގައި ނުވަތަ مكةގައި ނުވަތަ سعودى ސަރުކާރުން ކަނޑައަޅާފައިވާ ތަންތާނގައެވެ.

هَدْىُ ކަތިލާވަގުތު: عيد ދުވަހާއި أيامالتشريق ގެ 3 ދުވަސް.

هَدْىُ ގެގޮތުގައި ކަތިލުން ހުއްދަތަކެތި: ޖަމަލު، ގެރި، ބަކަރި. ބަކަރިއެއްނަމަ 6 މަސްވެފައިވުން. ގެރިއެއްނަމަ 2 އަހަރުވެފައިވުން. ޖަމަލެއްނަމަ 5 އަހަރުވެފައިވުން. ބަކަރިއާއި ކަންބަޅި ކަތިލެވޭނީ މީހަކަށް އެއްޗެކެވެ. ގެރިއާއި ޖަމަލުނަމަ ހަތްމީހުންގެމަތިން އެކަތި ކަތިލާނީއެވެ. هَدْىُ ކަތިލަން ނުލިބުނުމީހާ حجގެ ތެރޭގައި ތިންދުވަހު حج ނިމިގެން އެނބުރި އަމިއްލަ ރަށަށް އައިސް ހަތްދުވަހު ރޯދަހިފާނީއެވެ. هدىގެ ގޮތުގައި ކަތިލެވޭ އެއްޗެއްގައި عيبއެއް ހުރެގެންނުވާނެއެވެ. ދަޅުގެ ބޮޑުބައެއް ބިނދިފައިވާ ނުވަތަ އަވަރު، ކޮރު، އަނަރޫފަ، ބަލިކަށިއެއްޗެއް ކަމަކުނުދާނެއެވެ.

Hajj Packages