ޙައްޖާއި ޢުމްރާ


حج ގެ ބާވަތްތައް

حج ތިންގޮތަކަށް އަދާކުރެވެއެވެ. އެއީ إِفْرَاُد، قِرَانُ، تَمَتُّعُ މިއެވެ.

حج إفراد: އެއީ، حج ގެމައްސަރުތަކުގައި ميقات ން ހަމައެކަނި حج އަށް إحرام ބަނދެ، حجގެހުރިހާކަމެއް އަދާކޮށްނިންމުމަށްފަހު، އަލުން عمرة އަކަށް إحرام ބަނދެ عمرة ގެކަންތައްތައް ނިންމުމެވެ.

حج قِرَان: އެއީ، ميقات ންحج އާއި عمرة އާ ދެކަމަށް އެއްފަހަރާ إحرام ބަނދެ،حج އާއި عمرة ގެ ހުރިހާކަމެއް އެއްإحرام އަކުންއަދާކޮށް ނިންމުމެވެ. قران ގެމަގުން އެއް إحرام އަކުން حج އާއި عمرة ވާމީހާ حج ގެ عمل ތައް އެކަނިކުރުމުން، حج އާއި عمرة އާ ދެކަމަށް ފުދޭނެއެވެ.

حج تمتع: އެއީ، حج ގެމައްސަރުތަކުގައި ހަމައެކަނިعمرة އަކަށް إحرام ބަނދެ عمرة ގެކަންތައްތައް (އެބަހީ: طواف ކުރުމާއި ، سَعْىُ ކުރުމާއި ، ބޯބާލައި ނުވަތަ ބޯކުރުކޮށްކޮށައި) ނިންމުމަށްފަހު مكة ގައިހުރުމެވެ. އަދިحج މަހުގެ 8 ވަނަދުވަހު (تَرْوِيَة ގެދުވަހު) حج އަށް إحرام ބަނދެ،حج ގެކަންތައްތައް އަދާކޮށް ނިންމުމެވެ.

މިތިންގޮތުންކުރެ، އެންމެއިތުރުކަންބޮޑީ، حج إفراد ކަމަށް شافعى مذهب ގެ علم ވެރިން ވިދާޅުވެއެވެ. إفراد ގެމަގުން حج އާއި عمرة ވާމީހާ هَدْىُ ކަތިލާކަށް ނުޖެހޭނެއެވެ. އަނެއްދެގޮތުގައި حج ވާމީހާ، هدى ކަތިލަންޖެހޭނެއެވެ.

Hajj Packages