ޙައްޖާއި ޢުމްރާ


حج ގެ واجب ތައް

  1. ميقاتން إحرام ބަނުން.
  2. مزدلفةގައި ރޭކުރުން.
  3. جمرةއަށް ހިލައުކުން.
  4. منىގައި ރޭކުރުން.
  5. حيضވެރިޔާއާއި نفاسވެރިޔާ ފިޔަވައި طواف الوداع ކުރުން.
  6. إحرامގައިހުރެ ކުރުން حرام ކަންތަކުން ދުރުހެލިވެހުރުން.

حج ގެ ވާޖިބެއް ދޫކޮށްލައިފިނަމަ ކަންކުރާނެގޮތް

حجގެ ވާޖިބެއް ދޫކޮށްލައިފި މީހެއްގެ މައްޗަށް އޮތީ فدية ދިނުމެވެ. އެކަކުނަމަ ބަކަރިއެއް ކަތިލުމެވެ. ހަތްމީހަކު ބައިވެރިވެގެން ގެރިއެއް ނުވަތަ ޖަމަލެއް ކަތިލުމެވެ. ފާއިތުވި ވާޖިބެއް އަލުން ގެނެސްގަންނާކަށް ނުޖެހޭނެއެވެ.

Hajj Packages