ޙައްޖާއި ޢުމްރާ


ޙައްޖު

الحمد لله رب العالمين والصلاة والسلام على محمد خاتم الأنبياء والمرسلين وعلى آله وصحبه الغرالميامين أمابعد:

حج އަކީ އެންމެމާތް އަޅުކަމުގެތެރެއިންހިމެނޭ، އަދި الله އާ ކުއްތަންވުމުގެގޮތުން އަދާ ކުރެވޭ މަތިވެރިއަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެތެރެއިން އެއްރުކުނެވެ. ކުޅަދާނަވެގެންވާމީހާ އުމުރުންއެއްފަހަރު حج ނުވެ އޭނާގެ އިސްލާމްކަން ފުރިހަމައެއްނުވާނެއެވެ. އަޅުކަމަކީ الله އަށް ކުއްތަންވުމުގެގޮތުން ކުރެވޭ ކަމެކެވެ. އެހެންކަމާއެކު އަޅުކަން صح ވާނީ ދެސިފައެއް އެކުލެވިގެންނެވެ.

ފުރަތަމައީ: އެކަމުގައި إخلاص ތެރިވުމެވެ. ނިޔަތް ސީދާވުމެވެ. الله ގެރުއްސެވުމާއި آخرة ގެ ثواب އަށްއެދުމެވެ. ކަންދެއްކުމާއި ދުންޔަވީ އެދުންތަކުން ސަލާމަތްވެގެންވުމެވެ. ދެވަނައީ: އެކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم އާ تبع ވުމެވެ.އެކަލޭގެފާނު އެކަންކުރެއްވިގޮތްބަލައި، އެޔާއެއްގޮތަށް ކުރުމެވެ. މިކަންވެވޭނީ ކީރިތިރަސޫލާގެ ސުންނަތް އެނގިގެންނެވެ.

ޢަރަބި ބަހުގައި ޙައްޖެވެ ކިޔަނީ ވަކިތަނެއް ގަސްދުކޮށްގެން ދިއުމަށެވެ. ޝަރުޢުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި، ވަކިގޮތްތަކެއްގެ މަތީން، އަދާކުރެވޭ އަޅުކަމެއް އަދާކުރުމަށްޓަކައި، ކަޢުބަތުއްﷲ ގެފުޅުގެ އަރިހަށްގޮސް ގެފުޅުވަށައިގެން ޠަވާފުކުރުމާއި ޞަފާފަރުބަދައާއި މަރްވާ ފަރުބަދައާއި ދެމެދު ސަޢުޔުކުރުމާއި ޙައްޖުމަހުގެ 9 ވަނަދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމާއި ޙައްޖުމަހުގެ 9ވަނަ ދުވަހުގެ ރޭ މުޛްދަލިފާގައި ރޭކުރުން ހިމެނޭ އަޅުކަމެކެވެ.

Hajj Packages