ޚަބަރު


ޙައްޖާއި އުމްރާއަށް މީހުންގެންދިއުމުގެ ގަވާއިދަށް ބަދަލުގެނައުން

މިވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ 1430 ވަނައަހަރުގެ ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމާބެހޭ ގަވާއިދަކީ 17 އޯގަސްޓް 2011 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން، އެކޮމެޓީގެ 8 ވަނަ ބައްދަލުވުމުގައި ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އިން އުނިކޮށްފައިވާ ގަވާއިދެކެވެ. އަދި 10 އޮކްޓޯބަރު 2011 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ގަވާއިދު ކޮމިޓީން ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އިސްލާހު ކުރުމަށް ވޯޓަށް އެހުމުން، އިއްތިފާޤުން ކޮމެޓީން ހުށަހެޅުއްވި ގޮތަށް ފާސްކުރައްވާފައިވެއެވެ. އެހެންކަމުން ބަޔާންވެދިޔަ ދިވެހިރާއްޖޭން ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމާބެހޭ ގަވާއިދަކީ ޤާނޫނުއަސާސީގެ 271 ވަނަ މާއްދާގައި ވާފަދައިން ޤާނޫނީ ބާރު ލިބިފައިވާ ގަވާއިދަކަށް ނުވާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

Hajj Packages