ޙައްޖާއި ޢުމްރާ


سعىކުރާނެގޮތް

طواف ކޮށް ނިމިގެންދާނީ صفاއާއި مروة އާ ދެމެދު سعى ކުރުމަށެވެ. صفا އަށް ނުކުންނާނީ باب الصفا އޭ ކިޔާ ދޮރުކޮޅުންނެވެ. ދެން ގެފުޅު ފެންނަވަރަށް صفا ގެ ހިލަތަކުގެ މައްޗަށް އަރާނީއެވެ. އެރުން ދަތިވެއްޖެނަމަ، އެހިލަތަކުގެ ކައިރީގައި ހުއްޓޭނީއެވެ. އެތާނގައި ފިރިހެނުން ތިބިނަމަ، އަންހެނުން އެހިލަތަކުގެ މައްޗަށް އެރުމެއް ނޯންނާނެއެވެ. صفا ގެ ހިލަތަކުގެ މައްޗަށްއަރައި، ނުވަތަ އެހިލަތަކުގެ ކައިރީގައި ހުއްޓިހުރެ قبلةއަށް ކުރިމަތިލައި "إِنَّ الصَّفَا وَالْمَرْوَةَ مِنشَعَائِراللَّهِ فَمَن حَجَّ الْبَيتَ أَوِاعْتَمَرَفَلاَجُنَاحَعَلَيهِ أَن يَطَّوَّفَ بِهِمَاوَمَن تَطَوَّعَ خَيرًافَإِنَّ اللَّهَشَاكِرٌعَلِيمٌ" (البقرة:158) މިއާޔަތް ކިޔައި ތިންފަހަރު اللَهُ أَكْبَرُ ކިޔުމަށްފަހު، އަންނަނިވި ذِكْرُ ކިޔުން ސުންނަތްވެގެންވެއެވެ. "وَلِلَّهِ الْحَمْدُ اَللَّهُ أَكْبَرُعَلَى مَاهَدَانَا، وَالْحَمْدُ لِلَّهِ عَلَى مَاأَوْلاَنَا،لاَإِلَهَ إِلاَّللَّهُ وَحْدَهُ لاَشَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِى وَيُمِيتُ، بِيَدِهِ الْخَيرُ، وَهُوَعَلَىكُلِّ شَىءٍ قَدِيرٌ، لاَإِلَهَ إِلاَّللَّهُ وَحْدَهُ لاَشَرِيكَ لَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأَحْزَابَوَحْدَهُ لاَإِلَهَ إِلاَّ اللهُ،وَلاَنَعْبُدُ إِلاَّإِيَّاهُ، مُخْلِصِينَ لَهُ الدِّينَ، وَلَوكَرِهَ الْكَافِرُونَ" މިހެން ކިޔުމަށްފަހު، ދެއަތް އުފުލައި، ތިމާ ހިތުހުރި دُعَاء އެއް ކިޔާނީއެވެ. އިސްވެދިޔަ ذِكْر އާއި އެމީހަކު ކިޔާ دُعَاء ތިންފަހަރު ކިޔުން ސުންނަތެވެ. އެއަށްފަހު صَفَا އިން ފައިބައި مَرْوةއާ ދިމާއަށް ހިނގައިގަންނާނީއެވެ.

مَرْوة އާ ދިމާއަށް ހިނގަމުންގޮސް ފެހިކުލައިގެ ފުރަތަމަ ފާހަގަޔާ އަރާހަމަވުމުން، ފިރިހެނުން ތަންކޮޅެއް ހަލުވި ފިޔަވަޅެއްގައި، ހިނގާފައި، ދެވަނަ ފާހަގަޔާ ހަމަޔަށްދާނީއެވެ. އެއަށްފަހު، ކުރިން ހިނގަމުން އައިވަރަށް ހިނގުން މަޑުކޮށްލައި، مَرْوة އާ ހަމަޔަށްދާނީއެވެ.

مَرْوة އާ އަރައިހަމަވުމުން، مَرْوة ގެ ހިލަތަކުގެ މައްޗަށްއަރައި، ނުވަތަ އެހިލަތަކުގެ ކައިރީގައި ހުއްޓިހުރެ، صَفَا ގައި ހުރެގެން ކީ ذِكْر އާއި دُعَاء ކިޔާނީއެވެ. އެއަށްފަހު، مَرْوة އިންފައިބައި، صَفَا އާ ދިމާޔަށް ހިނގައިގަންނާނީއެވެ. صَفَاއަށް ދާދިޔުމުގައިވެސް، ދެފާހަގަ ދެމެދުގައި ފިރިހެނުން ހިނގާނީ ހަލުވި ފިޔަވަޅެއްގައެވެ. އަންހެނުން އެދެމެދުގައިވެސް ހިނގާނީ އާދައިގެ ހިނގުމެވެ.

صَفَا އިން مَرْوة އަށް ދާދިޔުން އެއީ އެއްހިނގުމެވެ. مَرْوة އިން صَفَا އަށް އެނބުރި ދާދިޔުން އެއީ އަނެއް ހިނގުމެވެ. މިގޮތުން ހަތް ހިނގުން ހިނގާ ނިމުމުން سَعْىކޮށް ނިމުނީއެވެ. ކޮން މެ ހިނގުމެއްގައިވެސް އެމީހަކަށް އެނގިހުރި މިންވަރަކުން ހެޔޮއެއްޗެތި ކިޔައި دُعَاء ކުރުން މޮޅުއިތުރެވެ. سَعْىُ ކުރުމަށްފަހު، ބޯބާލައި ނުވަތަ ބޯކުރުކޮށް ކޮށައިލުމުން عمرة ގެ ކަންތައްތައް އަދާކޮށް ނިމުނީއެވެ.

Hajj Packages